އުއްމީދަކީ ރާއްޖޭގެ މެރިކަލްޗާ ސިނާއަތް، ބިލިއަނުން ރުފިޔާ ލިބޭ ވަރަށް ތަރައްގީކުރުން: ޝިޔާމް

ސަން

4 މާރިޗު 2026 | ބުދަ | 3:56

ރާއްޖޭގެ މެރިކަލްޗާ ސިނާއަތް، ބިލިއަނުން ރުފިޔާ ލިބޭ ވަރަށް ތަރައްގީކުރުމަކީ އުއްމީދެއް ކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވަނީ، މެރިކަލްޗާއަށް އިންވެސްޓުކޮށް، މިހާރު ހިނގަމުން އަންނަ މަސައްކަތްތަކުގެ ތަފުސީލު ދެއްވާފައެވެ. އެގޮތުން، ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ މެރިކަލްޗާއަށް އިންވެސްޓުކޮށްގެން ކ. މަނިޔަންފުށީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މޫދު ވިނަ އާލާކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް