ހިޔާ ފުލެޓްތައް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ

ސަން

4 މާރިޗު 2026 | ބުދަ | 2:31

ހިޔާ ފުލެޓްތައް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދައުލަތުން ހެޔޮ އަގުގައި ދޫކުރާ ސޯޝަލް ހައުސިން ފުލެޓުތައް، ބޮޑު އަގުގައި އެހެން މީހުންނަށް ކުއްޔަށް ދިނުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ބޮޑު އާބާދީއެއް އޮންނަ ހިޔާ ފުލެޓާއި، މިދިޔަ އަހަރުތެރޭ ހަވާލުކުރަން ފެށި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތައް ވެސް ކުއްޔަށް ދިނުމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މައްސަލައާ ގުޅޭ ގޮތުން މުއްތަލިބު ވިދާޅުވީ، ހިޔާ ފްލެޓްތައް ދޫކުރަން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، އެ ފުލެޓުތައް ކުއްޔަށް ދިނަސް ދައުލަތަށް އަތުލެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

މައުޟޫޢުތަށް