ލެގޫންސްގެ އިންތިހާބު ކޯޓުން ހުއްޓުވައިފި

ސަން

4 މާރިޗު 2026 | ބުދަ | 8:14

ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިހާބު، ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

ލެގޫންސްގެ އިންތިހާބު ކަންތައް ސިވިލް ކޯޓުން ހުއްޓުވީ، އެ ކްލަބުގެ ހިންގާ ގަވައިދާ ހިލާފަށް، ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށް އިންތިހާބު ބޭއްވި ކަމަށް، ބުނެ، މއ. ނޮޅިވަރަންގޭ އަބްދުލްވާހިދު އަދި މއ. ފަޅުމަތީގޭ އަހްމަދު އަލީ، ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން، އަންގާރަ ދުވަހު ނެރުނު މި އަމުރަކީ 15 ދުވަހުގެ ތެރޭގައި އިންތިހާބާ ގުޅޭ މައްސަލަ ރަސްމީކޮށް ކޯޓަށް ހުށަހަޅަން އަންގައި، އެ މައްސަލަ ކޯޓަށް ހުށަހަޅައި ކޯޓުން ގޮތެއް ނިންމަންދެން، އިންތިހާބާ ގުޅޭ ކަންކަން ހުއްޓުވުމަށް ނެރުނު އަމުރެކެވެ.

މައުޟޫޢުތަށް