ނުފެށި ދިގުލައިގެން ގޮސްފައިވާ ޓެކްސީ ލައިން ފަށާނެ އިތުރު ތާރީޚެއް އަނެއްކާވެސް ދީފި
ސަން
4 މާރިޗު 2026 | ބުދަ | 4:43
ނުފެށި ދިގުލައިގެންދިޔަ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް މިމަހުގެ 18 ވަނަ ދުވަހަށް ނިންމައި، ޢީދަށް ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބުނެ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.