އެފްއޭއެމުން ގެއްލުނު 30 މިލިއަން ރުފިޔާގެ ތެރެއިން ފައިސާއާ ހަވާލުވި އެކަކީ ޑެޕިއުޓީ މިނިސްޓަރު ޖަވާޒު: އޮޑިޓު

ސަން

4 މާރިޗު 2026 | ބުދަ | 9:16

ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ފެސިލިޓީއެއް ގާއިމްކުރުމަށް ސަރުކާރުން އިއުލާން ކުރި ޕްރޮޖެކްޓަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުޅުމާލޭން ދިން ބިން އެކި ފަރާތްތަކަށް ކުއްޔަން ދީގެން ލިބެން ޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ގެއްލިފައިވާކަން ފާހަގަކޮށް، އެ ފައިސާއާ ހަވާލުވި ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ހިމެނޭ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ހުޅުމާލޭގައި ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރަން ދިން ބިން، އެކި ފަރާތްތަކަށް ދީގެން ލިބުނު ފައިސާއިން ބޮޑު ބައެއް ގެއްލިފައިވާކަން، އަދި އެ ފައިސާއާ ހަވާލުވީ ފަރާތްތަކުގެ ތެރޭގައި ޖަވާޒު ހިމެނޭކަމަށް އޮޑިޓު އޮފީހުން ބުނީ، އެ ބިން ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހެދި ޚާއްސަ އޮޑިޓެއްގައެވެ.

މި ޚާއްސަ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ ބިން ކުއްޔަށް ދީގެން، ގާތްގަނޑަކަށް 52 މިލިއަން ރުފިޔާ އެފްއޭއެމަށް ލިބިފައިވާނެ ކަމަށް ބެލެވެއެވެ. އޭގެތެރެއިން، ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ގެއްލިފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މައުޟޫޢުތަށް