ފުލެޓެއް އޮތުމުން، ކުރީ ސަރުކާރުން ގޯތި ނުލިބުނު މީހުންނަށް މި ސަރުކާރުން ގޯތި ދޭނީ ފުލެޓު ދޫކޮށްލަން އެއްބަސްވާނަމަ
ސަން
4 މާރިޗު 2026 | ބުދަ | 9:04
ފުލެޓެއް އޮތުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކަށް، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ގޯތި ހަވާލުކުރާނެ ޝަރުތު ހިމަނައި، "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށްލަން ބޭނުންވާ ފަރާތްތަކާއި، ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ގޯތި ދޫކުރާނީ ރަސްމާލޭންނެވެ. ކޮންމެ ގޯއްޗެއްގެވެސް ބޮޑުމިނަކީ 1،250 އަކަފޫޓެވެ.
އެ އުސޫލުގައިވާ ގޮތުން، މި ސަރުކާރުގެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ގޯތި ކަށަވަރުވެއްޖެނަމަ، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތައް އެ ގޯތި ދޫކޮށްލަން އެއްބަސްވާން ޖެހޭނެއެވެ.