ނުފުރި ތިބި މީހުންގެ ތެރެއިން ޢުމްރާއަށް ދާން ބޭނުންވެފަ 150 މީހުން އެބަތިބި: ޝަހީމް

ސަން

5 މާރިޗު 2026 | ބުރާސްފަތި | 12:29

އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއި، ޓްރާންސިޓްކޮޮށް ފުރަން އުޅުނު ބައެއް މީހުންގެ ފުލައިޓު ކެންސަލްވުމުގެ ސަބަބުން، ނުފުރި ތިބި މީހުންގެ ތެރެއިން އުމްރާއަށް ފުރަން ބޭނުންވެފައި 150 މީހަކު އެބަހުރި ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ، އެކި ސަބަބުތަކާ ހުރެ ޢުމްރާއަށް ނުފުރިފައި ތިބި ފަރާތްތަކަށް ފުރޭނެ ގޮތް ހޯދުމުގެ މަސައްކަތް، ގައުމީ އެއާލައިން މޯލްޑިވިއަނާއި، އިސްލާމިކް މިނިސްޓްރީއާއި، ޙައްޖު ކޯޕަރޭޝަން ގުޅިގެން ފަށާފައިވާ ކަމަށެވެ.

"މި ވަގުތާ ހަމައަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަން ވަނީ ފާހަގަކުރެވިފަ. ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެނަމަ މީގެ އިތުރުންވެސް ޖާގައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެ ވާހަކަ ދަންނަވަން،" މީޑިއާ އާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވިއެވެ.

މައުޟޫޢުތަށް