އީރާން ހަނގުރާމަ: އެފްއެސްއެމުން ވިއްކާ ތެލުގެ އަގު 26 އިންސައްތަ ބޮޑުކޮށްފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 4:10

އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެން، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއްފަހަރާ ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރެވެ.

ކުރިން 13.50 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުންދިޔަ ނަމަވެސް، މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 16.01 ރުފިޔާއެވެ. މިއީ ލިޓަރަކުން 2.51 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 18.6 އިންސައްތައިގެ ބޮޑުވުމެކެވެ.

މައުޟޫޢުތަށް