މަގުބޫލު އުޒުރެއް ނެތި ޢުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ހިފަހައްޓައިފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 9:34

'އަލް-އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން 110 މީހަކު ޢުމްރާއަށް ގެންދަން އިންތިޒާމުކުރި ދަތުރު، ފަހު ވަގުތު ކެންސަލްކުރި މައްސަލައިގައި، އެ ކުންފުނީގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އަލް-އަބްރާރު ކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ހަމަޖައްސާފައިވާ ޢުމްރާ ދަތުރަށް ފުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ޢުމްރާވެރިން ވަމުން ދަނިކޮށް، ދަތުރު ކެންސަލްކުރިކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން ކަން ހިނގި ގޮތުގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ސާފުކުރި މައުލޫމާތުން، އަލް-އަބްރާރު ކުންފުނިން ޢުމްރާ ދަތުރު ކެންސަލްކުރީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖޭން މީހުން ޢުމްރާއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް، މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މައުޟޫޢުތަށް