ރެއިން ފެށިގެން، މާލޭން ގެއްލުނު އަންހެނަކު ހޯދަނީ
ސަން
5 މާރިޗު 2026 | ބުރާސްފަތި | 10:09
ރެއިން ފެށިގެން މާލޭން ގެއްލިފައިވާ އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، އުމުރުން 32 އަހަރުގެ ފާޠިމަތު ނޫރާ ކަމަށެވެ.
ނޫރާގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، ރޭ އަށެއް ޖަހާކަންހާއިރު ނޫރާ ގެއިން ބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް، ދަންވަރު 12:19 ހާއިރު އާއިލާއިން ފުލުހަށް މައުލޫމާތުދީފައިވާ ކަމަށެވެ.