އަކުރަމާއި އިބްރާހީމް ވީޑިއޯ ނެގުން: "ހެކި އެބަހުރި، އެކަމަކު ދައުވާ ކުރުމުގެ ވިސްނުމެއް ނެތް"
ސަން
5 މާރިޗު 2026 | ބުރާސްފަތި | 11:28
ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެންގެވި ކަމަށް ތުހުމަތުކުރި މައްސަލަ ސާބިތުވާވަރަށް ހެކި ހުރި ނަމަވެސް ދައުވާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ކުރު ސީސީޓީވީ ފުޓޭޖަކާ އެކު، މިނިސްޓަރު މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އޭގެ ކުރީ ދުވަހުގެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި 10 އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
://./218449