އެކްޓިން ސީޕީ ފަރުހާދުގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތެއް ނުވޭ: އިހުސާން
ސަން
5 މާރިޗު 2026 | ބުރާސްފަތި | 11:39
ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނަރު، ފަރުހާދު ފިކުރީގެ ދަރިފުޅަށް ތުހުމަތުކުރި ސީރިއަސް މައްސަލައެއްގައި ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ފަރުހާދުގެ މައްޗަށް ސާބިތުނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ 11 އޮފިސަރުން ވިސުލްބްލޯވަރުންގެ ގޮތުގައި ފޮނުވި ސިޓީއެއްގައި ވަނީ ފަރުހާދުގެ މައްޗަށް ބޮޑު ތުހުމަތެއް ކޮށްފައެވެ. އެއީ އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ފަރުހާދު ނައްތާލި ކަމުގެ ތުހުމަތެވެ.
://./213673