ސީރިއާ ހަނގުރާމައަށް ގޮސް ތިބި 14 އަހަރުގެ ކުއްޖަކާއި މަންމަ ރާއްޖެ ގެނެސްފި
ސަން
5 މާރިޗު 2026 | ބުރާސްފަތި | 12:05
ސީރިއާ ހަނގުރާމައަށް ގޮސް، ތުރުކީގައި ތާށިވެފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ 14 އަހަރުގެ ދަރިފުޅު ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ސީރިއާ ހަނގުރާމައަށް ރާއްޖެއިން ގޮސް ތިބި ބައެއް މީހުންނާއި އެމީހުންގެ އާއިލާ ބައެއް މީހުން ރާއްޖެ ނާދެވި، ހާލުގައި ޖެހިފައި އެބަތިބި ކަމަށެވެ. އެގޮތުން ސީރިއާއަށް ގޮސް ތިބި 60 ވަރަކަށް މީހުން ގެނައުމުގެ މަސައްކަތާއި ބައެއް އެހެން ގައުމުތަކުގައި ވެސް ހަނގުރާމައަށް ގޮސް ތާށިވެފައި ތިބި މީހުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
://./217687