ދޮޅު މަސްތެރޭ 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 2 މިލިއަން ސިނގިރޭޓު އަދި 7،000 ވޭޕް އަތުލައިގެންފި
ސަން
5 މާރިޗު 2026 | ބުރާސްފަތި | 12:20
ދޮޅު މަސްތެރޭ ރާއްޖެ އެތެރެކުރަން އުޅުނު 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވޭތުވެ ދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން 83.45 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު، 72 މިލިއަން ރުފިޔާއަށް އަރާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އޭގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެއްޗަކީ ބޯޑަރު ހުރަސްކޮށް އެތެރެކުރަން މަސައްކަތްކުރަނިކޮށް، ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި ކަމަށާއި، އަދި އެއީ ތަފާތު އަށް މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެތި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ހަމައެކަނި އެ ތަކެތީގެ އަގަކީ 59 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.