އުމްރާވެރީންނަށް އޮޅުވާލި މައްސަލައިގައި ޖަލަށްލި ފާރިޝް ގޭބަންދަށް ބަދަލުކޮށްފި
ސަން
5 މާރިޗު 2026 | ބުރާސްފަތި | 12:48
ދިވެހީންގެ ބަޔަކު އުމްރާއަށް ފޮނުވާނެ ކަމަށް ބުނެ އޮޅުވާލި މައްސަލައިގައި ޖަލަށްލާފައިވާ މަޝްއަރް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ، އަލީ ފާރިޝް ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
'ސަން'އިން ސުވާލުކުރުމުން މިއަދު ކަރެކްޝަނުން ބުނީ ސިއްހީ ހާލަތާ ގުޅިގެން ވަގުތީ ގޮތުން ފާރިޝް ގޭބަންދަށް ދޫކޮށްލާފައި ވާކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.