މުހިންމީ ކޮންމެހެން ޔޫރަޕްގެ ބޭހެއް ނޫން، އުފައްދާ ތަނަށްވުރެ އިސްކަން ދެނީ ފެންވަރަށް: ނާޒިމް
ސަން
5 މާރިޗު 2026 | ބުރާސްފަތި | 1:45
ބޭހުގެ ފެންވަރު ރަނގަޅުވަނީ ވިލާތުގެ ގައުމުތަކުގައި އެކަނި އުފެއްދުމުން ނޫން ކަމަށާއި، މުހިންމީ ފެންވަރު ކަށަވަރުކުރެވޭ ރަނގަޅު ބޭސް ހޯދުން ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ، ބޭހުގެ ކޮލިޓީއަކީ ކޮންމެހެން ޔޫރަޕުގެ ކޮލިޓީއަށް ވާން ނުޖެހޭ ކަމަށެވެ. ނާޒިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއަށް ރަނގަޅު ފެންވަރުގެ ބޭސް ލިބޭނެކަން ކަށަވަރުކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް އިންޑިއާއާއި ބަންގްލަދޭޝްގައި ވެސް އުފައްދާ ކަމަށާއި، ބޭސް އުފައްދާ ގައުމަކަށް ވުރެ ބޮޑަށް، ސަރުކާރުން ބަލަނީ އޭގެ ފެންވަރު ކަމަށެވެ.