އެފްއައިޔޫއަށް އަނެއްކާވެސް ވެރިއަކު އައްޔަން ކޮށްފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 2:50

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އިޝާން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ. އޭނާ މި މަގާމަށް ހޮވިވަޑައިގަތީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގެ މުވައްޒަފުންނަށް ހުޅުވާލުމުން، ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުގައި ކަމަށް އެ ބޭންކުން ބުނެއެވެ.

އެންމެ ފަހުން އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ, އިސްމާއީލް ސާޖިދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ނިންމައެވެ. އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

މައުޟޫޢުތަށް