އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް ހަލުވިކޮށް، މި އަހަރު ހުޅުވަން މަސައްކަތްކުރަނީ

ސަން

5 މާރިޗު 2026 | ބުރާސްފަތި | 4:49

ސަރުކާރުން މަސައްކަތް ކުރަނީ، މި އަހަރުގެ ތެރޭގައި އިންޓްރެކްޓިވް މިއުޒިއަމްގެ މަސައްކަތް ނިންމާލުމަށް ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ހަދާ އިންޓަރެކްޓިވް މިއުޒިއަމަކީ، އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްގީކުރާ ދާރުލްއާސާރެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ނަސީރު ވަނީ، އެ ދާރުލްއާސާރު ތަރައްގީކޮށް ނިމުމުން ތަރިކައިގެ ދާއިރާއިން ރާއްޖެއަށް އާމްދަނީ ލިބޭނެ ކަމަށެވެ.

މައުޟޫޢުތަށް