ޔުނިވާސަލް ފައުންޑޭޝަނުން ތިން ސްކޮލާޝިޕަކަށް ފުރުސަތު ހުޅުވާލައިފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 4:29

ރާއްޖޭގެ ފަތުރުވެރިކަމުގައި އިސް ދައުރެއް އަދާކުރާ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ފައުންޑޭޝަނުން މި އަހަރު ދިނުމަށް ހަމަޖެހިފައިވާ ތިން ސްކޮލާޝިޕެއް އިއުލާންކޮށްފިއެވެ.

ޔުނިވާސަލް ފައުންޑޭޝަނުން އަންނަނީ، ދިވެހީންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ކޮންމެ އަހަރަކު ވެސް ސްކޮލާޝިޕްތައް ދެމުންނެވެ.

އޭގެ ތެރެއިން އެއް ސްކޮލާޝިޕަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި ތައާރަފުކޮށްފައިވާ ސްކޮލާޝިޕެކެވެ. އޭނާ އަވަހާރަވީ 2020ގައެވެ.

މައުޟޫޢުތަށް