މަޝްހޫރު ފިލްމު ޑައިރެކްޓަރު އަމްޖޭ ހާލު ގޯސްވެ، ޓްރީޓޮޕްގައި ފަރުވާ ދެނީ
ސަން
5 މާރިޗު 2026 | ބުރާސްފަތި | 8:24
މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ ސިއްހީ ހާލަތު ގޯސްވެ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަމްޖޭގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑުމިޓު ކުރީ، ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން ކަމަށްވާއިރު، އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ.
އަމްޖޭއަށް ޓްރީޓޮޕުގައި ފަރުވާދެމުން ދަނީ، ހިތުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ޔުނިޓު ނުވަތަ ސީސީޔޫގައެވެ.