އަންނަ އަހަރު އައިޓިބީ ފެއާ ހޯސްޓް ކުރާނީ ރާއްޖެ

ސަން

5 މާރިޗު 2026 | ބުރާސްފަތި | 9:18

އަންނަ އަހަރު އައިޓީބީ ފެއާ ހޯސްޓް ކުރާ ޤައުމަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު، އައިޓީބީ ބާލިން ފެއާގެ ހޯސްޓް ގައުމަކަށް ރާއްޖެ ހަމަޖެހިފައި ވަނީ ގިނަ ގައުމުތަކަކާ ވާދަކޮށްގެންނެވެ.

މެސޭ ބާލިންގެ ހޯލް 5.2 ގައި ހުންނަ ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝިއުރީ އާއި މެސޭ ބާލިންގެ ސީއީއޯ ޑރ. މާރިއޯ ޓޯބިއަސްއެވެ.

މައުޟޫޢުތަށް