ފޮނަދޫ ލިންކުރޯޑުގައި ކާރެއް ކޮންޓްރޯލްނުވެ، އެކްސިޑެންޓެއް ހިނގައި، ދެ މީހުންނަށް އަނިޔާވެއްޖެ

ސަން

5 މާރިޗު 2026 | ބުރާސްފަތި | 10:20

ލ. ފޮނަދޫ ލިންކުރޯޑުގައި ކާރެއް ކޮންޓްރޯލްނުވެ، މަގުބައްތިއެއްގައި ޖެހިގެން މިއަދު އެކްސިޑެންޓެއް ހިނގައި، ދެ މީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން 'ސަން'އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބަރާސިލް އަވަށު ލިންކު ރޯޑުން ލ. ކައްދުއިން ފޮނަދޫއަށް ދަތުރުކުރި ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓުވި މައްސަލައެއް މިއަދު 14:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުވީ ކާރު ކޮންޓްރޯލްނުވެ މަގުގެ ޑިވައިޑަރަށް އަރައި، މަގު ބައްތިއެއްގައި ޖެހިގެނެވެ.

މައުޟޫޢުތަށް