އުނގޫފާރު ރައްޔިތުން އެދުމުން އުނގުލު އެ ރަށުގެ އިހްތިޞާސުގައި ހިމަނައިފި
ސަން
5 މާރިޗު 2026 | ބުރާސްފަތި | 9:11
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވިގޮތަށް، ރ. އަތޮޅުގެ ފަޅު ރަށެއްކަމަށްވާ "އުނގުލު" އެ އަތޮޅު އުނގޫފާރުގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، މި ނިންމެވުން ރައީސް ވަނީ ނިންމަވައިފައެވެ.
މީގެކުރިން އުނގޫފާރު ރައްޔިތުން ވަނީ އެ ރަށުގައި ސިނާޢީ އެކި މަސައްކަތްތައް ކުރުމަށް ޓަކައި ފަޅު ރަށެއް ބޭނުންވާ ކަމަށް ރައީސް އަރިހުގައި ދަންނަވާފައެވެ.