ދަރިންނަށް ދެ އަހަރު ވަންދެން މަސައްކަތްތެރިންނަށް ބައިގަޑިއިރުގެ ހުސް ވަގުތު ދޭން ކޮމިޓީން ނިންމައިފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 11:57

ދިވެހި މުވައްޒަފުންގެ ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އެ މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ. އެހެންވެ، ކުދިން ކައިރިއަށް ދިޔުމަށް ލިބޭ ހުސްވަގުތު އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.

މައުޟޫޢުތަށް