މިދިޔަ މަހު ކަނޑުމަގުން ރާއްޖެ ގެނެސް ވައިގެ މަގުން 99 ޓަނަށްވުރެ ގިނަ މުދާ ބޭރަށް ފޮނުވައިފި

ސަން

5 މާރިޗު 2026 | ބުރާސްފަތި | 11:54

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިދިޔަ މަހު "ސީ ޓު އެއާ" ނުވަތަ ކަނޑުމަގުން ވައިގެމަގަށް 99 ޓަނަށްވުރެ ގިނަ ކާގޯ ހޭންޑްލްކޮށްފިއެވެ.

އެމްޕީއެލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހުގެ ތެރޭގައި ޖުމްލަ 20 ޓީއީޔޫގެ ކާގޯ ކަނޑުމަގުން ވައިގެމަގަށް ބަދަލުކޮށްފައިވެއެވެ.

ޓީއީޔޫއަކީ ކަނޑުމަގުން މުދާ އުފުލާ ކޮންޓޭނަރުތަކުގެ މިންގަނޑު ކަނޑައެޅުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ މިންގަނޑެކެވެ. މިއީ ބޯޓުފަހަރާއި ބަނދަރުތަކުގެ ކެޕޭސިޓީ ނުވަތަ މުދާ އުފުލުމުގެ ގާބިލުކަން ދެނެގަތުމަށާއި، ވިޔަފާރީގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގައި ބޭނުންކުރާ މިންގަނޑެކެވެ. އެއް ޓީއީޔޫ އަކީ ދިގުމިނުގައި 20 ފޫޓު، އަދި ފުޅާމިނުގައި އަށް ފޫޓު، އުސްމިނުގައި 8.6 ފޫޓު ހުންނަ ކޮންޓޭނަރެއްގެ ސައިޒެވެ.

މައުޟޫޢުތަށް