15 އަހަރު މޭޔަރުކަންކުރަމުން އަންނަ ނިޒާރަށް އައިބީ: ނާގާބިލް މޭޔަރެއްކަން އެނގެނީ އައްޑޫ ތަރައްގީ ނުވާތީ

ސަން

6 މާރިޗު 2026 | ހުކުރު | 12:14

އައްޑޫ ސިޓީގައި 15 އަހަރުވަންދެން ވެރިކަން ކުރަމުންދާ މޭޔަރު ނިޒާރަކީ ނާގާބިލް ވެރިޔެއްކަން އެނގިގެންދަނީ މިހާތަނަށް އައްޑޫ ސިޓީ ތަރައްޤީ ކުރެވިފައި ނެތުމުންކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ(އައިބީ) މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މާލޭ ޕީއެންސީ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އައިބީ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އައުމާއެކުހެން އައްޑޫގެ މޭޔަރުކަމުގައި ނިޒާރު ހުންނެވި ކަމަށެވެ. އަދި ޚާއްސަކޮން މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ މޭޔަރެއްގެ ގޮތުގައި ހުރެ، އައްޑޫ ސިޓީއަށް ތަރައްގީ ގެނެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އައްޑޫ ސިޓީއަށް އެކަށީގެން ވާ ތަރައްޤީ ގެންނަން މަސައްކަތް ނުކުރާ ވާހަކަ މޭޔަރު ނިޒާރު ދައްކަން ލަދުގަންނަން ޖެހޭނެކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ މި ސަރުކާރު އައި އިރު އައްޑޫސިޓީގައި ކަރަންޓާއި ފެން އެކަށީގެންވާ ގޮތެއްގައި ނެތް ކަމަށެވެ. އަދި މަގުތައް ވެސް އޮތީ ސުންނާފަތިވެފައިކަމަށާއި، ހެދި މަގެއްވެސް ހަދާފައި އޮތީ މަގު ބޭނުންކުރާ މީހުންނަށް ތުރާލަކަށް ވާ ގޮތަކަށް ކަމަށެވެ.

މައުޟޫޢުތަށް