ސައިކަލެއްގައި ގަސްތުގައި ޕިކަޕުން ޖެއްސި މައްސަލައިގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފި
ސަން
6 މާރިޗު 2026 | ހުކުރު | 11:20
ވެރިރަށް މާލޭގައި ދުއްވާފަ ދިޔަ, ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ މީހެކެވެ.
އޭނާ ހައްޔަރުކޮށް, ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދު މުއްދަތު ނިމޭނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.