ޓިކްޓޮކްގައި ދީނަށް ފުރައްސާރަ ކުރި މައްސަލައެއްގައި އިތުރު މީހަކު ހޯދަނީ
ސަން
6 މާރިޗު 2026 | ހުކުރު | 1:40
ސޯޝަލް މީޑިއާ ޕްލެޓްފޯމް, ޓިކްޓޮކްގައި މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.
ތަހުގީގަށް ހާޒިރު ކުރަން ބޭނުން ވެގެން ފުލުހުން ހޯދަމުން އަންނަނީ, ނ. ކުޑަފަރީ, ހިޔަލީގެ, ޙުސައިން ޔޫސުފް, 44, އެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރުމާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަަކައާއި އިސްލާމްދީނުގެ އަސްލުތަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު، ސޯސަލް މީޑިއާގެ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ފެތުރިކަމަށެވެ.