ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެ

ސަން

6 މާރިޗު 2026 | ހުކުރު | 3:00

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ތައިލެންޑުގެ ޖަލެއްގައި ހުއްޓައި މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހީމް ނަބީހު ނަސީމްއެވެ.

އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މައުޟޫޢުތަށް