މި ރޯދައިގެ ފަހު ދިހައެއްގައި މުޅި ރާއްޖެއަށް ކެރީގެ އަސަރު ކުރިޔަސް، މޫސުން ރަނގަޅު ވާނެ: މެޓް
ސަން
6 މާރިޗު 2026 | ހުކުރު | 3:35
މި ރޯދައިގެ ފަހު ދިހައެއްގައި މުޅި ރާއްޖެއަށް ކެރީގެ އަސަރު ދޭތެރެއަކުން ކުރިނަމަވެސް، އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ލަފާކޮށްފިއެވެ.
އަންނަ ހޯމަ ދުވަހު ފަހު ދިހައެއްގެ ދުވަސްތައް ފެށޭއިރު، އެ ދުވަސްތައް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އެ ބަންދަށް ފަހު، ސަރުކާރު ހުޅުވޭނީ، މި މަހު 22ގައެވެ. އަދި މިއީ ރާއްޖޭގެ ސްކޫލުތައް ވެސް ބަންދު ދުވަސްވަރެކެވެ.
އެހެންވެ، އެ ދުވަސްވަރަށް އަތޮޅުތަކާއި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން އިތުރުވާނެއެވެ.