ބާޒާރުގައި ކަރާ މަދުވެ، މި ރޯދައިގައި ފުރަތަމަ ފަހަރަށް ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް ބޮޑުވެއްޖެ

ސަން

6 މާރިޗު 2026 | ހުކުރު | 3:56

ބާޒާރުގައި ކަރާ މަދުވެ، މި ރޯދަ މަހު ފުރަތަމަ ފަހަރަށް ރަތް ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއާ ހަމައަށް ބޮޑުވެއްޖެއެވެ.

ރޯދަ މަސް ފެށުނުއިރު، ކަރާ ކިލޯއެއް ވިއްކަމުން އައީ 20 ރުފިޔާއަށެވެ. އެކަމަކު، މިދިޔަ ބުދަ ދުވަހު، ކިލޯއެއްގެ އަގު ހުރީ 25އަށް މަތިވެފައެވެ.

މިއަދު ބާޒަރުގައި ރަތް ކަރާ ކިލޯއެއް ހުރީ، 30 ރުފިޔާއަށް އުފުލިފައެވެ. މިއީ މި ރޯދަ މަހު، އެ ވައްތަރުގެ ކަރާ ކިލޯއެއް ފުރަތަމަ ފަހަރަށް އެ އަގަށް މަތިވި ފަހަރެވެ. އަދި، އަލަނާސި ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 35 ރުފިޔާގައެވެ.

މައުޟޫޢުތަށް