ވަލަށް ގެންގޮސް ގަދަކަމުން އަންހެނަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކޯޓުން ދޫކޮށްލައިފި
ސަން
6 މާރިޗު 2026 | ހުކުރު | 4:16
ވަލަށް ގެންގޮސް ގަދަކަމުން އަންހެނަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކު، ހައިކޯޓުން މިނިވަންކޮށްފިއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ، މާލޭން ދެކުނުގެ ރަށެއްގެ މީހަކު، ހަމަ އެ ރަށު އަންހެނަކު ގަދަކަމުން ސައިކަލަށް އަރުވައިގެން ވަލުތެރެއަށް ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުއެވެ. ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.