ރޭޕުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށްލީ ދެ މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސަން
6 މާރިޗު 2026 | ހުކުރު | 9:51
މާލޭގައި 2018 ވަނަ އަހަރުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލަ ސާބިތުވެ، 20 އަހަރަށް ޖަލަށްލާފައިވާ ދެ މީހުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މާލޭގައި 2018 ވަނަ އަހަރު ކުޑަ ކުއްޖަކު ރޭޕް ކުރި މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް 20 އަހަރުގެ ހުކުމެއް އިއްވީ މިދިޔަ އޮގަސްޓް މަހުއެވެ.
އެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު، އެނގިފައިވާ ގޮތުގައި މައްސަލަ މިހާރު އޮތީ ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީވެސް ކޮށްފައެވެ. އެކަމަކު މި މައްސަލަ ފަށާނެ އިރެއް އަދި ސާފެއް ނުވެއެވެ.