ޑިމާންޑާ އެއްވަރަށް އައްޑުއަށް ފްލައިޓުތައް އިތުރުނުކުރާތީ އަބްދުއްރަހްމާންގެ ނުރުހުން

ސަން

6 މާރިޗު 2026 | ހުކުރު | 10:28

ޑިމާންޑާ އެއްވަރަށް އައްޑޫ ސިޓީއަށް ދަތުރުކުރާ ފްލައިޓުތައް އިތުރުނުކުރާތީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ މޯލްޑިވިއަން ފްލައިޓްތަކުން ‏އައްޑުއާއި މާލެއާއި ދޭތެރޭ ދަތުރުކުރަން މިފަހަކަށް އައިސް އެއްގޮތަކަށް ވެސް ޖާގައެއް ނުލިބޭ ކަމަށެވެ. ފްލައިޓްތަށް އިތުރު ނުކުރެވޭއިރު، އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތެއް ވެސް ނުދޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިމާންޑާ އެއްވަރަށް ދަތުރު ބޭއްވުމުގެ ގާބިލުކަން ސަރުކާރު އަދި މޯލްޑިވިއަންގައި ނެތްނަމަ އެހެން ބަޔަކަށް އުދުހުމުގެ ފުރުސަތު ދޭން ޖެހޭނެއެވެ.

މައުޟޫޢުތަށް