"ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން، އެތަނުގައި އާ މިސްކިތެއް ބިނާކުރަން މަޝްވަރާކުރަން ބޭނުން"

ސަން

6 މާރިޗު 2026 | ހުކުރު | 11:18

ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން ކަމަށާއި، އެހެންކަމުން އެތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން، ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށާއި، އެ ތަނުގައި މިސްކިތް އެޅުމުގެ މަސައްކަތް ރޯދައިގެ ފަހުން ފަށާނެކަން މިނިސްޓަރު މިއަދު ހާމަކުރެއްވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަކިން ޚާއްސަކޮށް ބަންޑާރަ މިސްކިތަކީ 100 އަހަރުވެފައިވާ ދުވަސްވީ އާސާރީ ބިނާއެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ. އަދި އެހާ ދުވަސްވީ ބިނާއެއް ހިމާޔަތްކުރަންޖެހޭނެ ކަަމަށާއި، ސަރުކާރުގެ ނިންމުން ބަދަލުކުރަން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ގޮވާލައިފައެވެ.

މައުޟޫޢުތަށް