ދަފުތަރުގައި ހިމެނޭ 89 މަސްވެރިއަކަށް ބީއެމްއެލްގެ ލޯނު ދީފި

ސަން

7 މާރިޗު 2026 | ހޮނިހިރު | 12:15

މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީސް މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28ވަނަ ދުވަހެވެ.

މައުޟޫޢުތަށް