ހައިވޭގައި ދެ ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެނީ
ސަން
7 މާރިޗު 2026 | ހޮނިހިރު | 12:43
ހައިވޭގައި ކާރަކާއި ދެ ސައިކަލު ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރަކާއި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއް މިރޭ 12:00ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ އަންހެނަކާއި ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.