ރައީސް އޮފީހުން ގާނޫނުގައިވާ ގޮތަށް މައުލޫމާތެއް ނުދޭ: އިންފޮމޭޝަން ކޮމިޝަނަރު

ސަން

7 މާރިޗު 2026 | ހޮނިހިރު | 4:53

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް، ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ޖަވާބު ނުދޭކަން ފާހަގަ ވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

އާރުޓީއައި ހުށަހެޅުންތަކަށް ރައީސް އޮފީހުން، ގާނޫނުގައި ބުނާ މުއްދަތަށް ޖަވާބު ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ، އާރުޓީއައި ހުށަހެޅުމަކަށް ރައީސް އޮފީހުން ޖަވާބު ނުދީގެން، އާއްމުކޮށް ހުޅުވާލައިގެން މިދިޔަ ބުދަ ދުވަހު ބޭއްވި އަޑު އެހުމެއްގައެވެ.

މި އަޑު އެހުމުގައި ކޮމިޝަނަރު ވިދާޅުވީ، ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ޖަވާބު ނުދެއްވާ ކަމާއި އުސޫލުން ބޭރުން މުއްދަތު އިތުރުކުރާކަން ވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، އެ ކަންކަން ރަނގަޅު ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެ ދުވަހު ވަނީ ރައީސް އޮފީހަށް އަންގަވައިފައެވެ.

މައުޟޫޢުތަށް