ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންނަށް ރިޕެޓްރިއޭޝަން ފްލައިޓްތަކެއް ބާއްވަން ފަށައިފި

ސަން

7 މާރިޗު 2026 | ހޮނިހިރު | 8:28

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ބުރޫއެރުންތަކާ ގުޅިގެން، ރާއްޖޭގައި ތާށިވެފައި ތިބި ފަތުރުވެރިން އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވަން ފްލައިޓުތަކެއް ބާއްވަން ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނީ ކަމާގުޅޭ ވުޒާރާތަކާއި ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާކަމަށެވެ.

އެގޮތުން ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ފަތުރުވެރިންނަށާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، އެ ކޯޕަރޭޝަނުން އިސްކަންދެނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކަމަށް ބުންޏެވެ.

މައުޟޫޢުތަށް