އެފްއޭއެމުން 30 މިލިއަން ގެއްލުން: ހަވާލުވިކަމަށް ބުނާ ޑެޕިއުޓީ މިނިސްޓަރު ޖަވާޒަށް ފިޔަވަޅު އެޅުމާމެދު ސަރުކާރުގެ ބަހެއްނެތް
ސަން
7 މާރިޗު 2026 | ހޮނިހިރު | 10:42
ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯޅަ ފެސިލިޓީއެއް ގާއިމްކުރުމަށް ސަރުކާރުން އިއުލާން ކުރި މަޝްރޫއަށް، ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ހުޅުމާލޭން ދިން ބިން އެކި ފަރާތްތަކަށް ކުއްޔަން ދީގެން ލިބެން ޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ގެއްލިފައިވާ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޖަވާޒަށް ފިޔަވަޅު އެޅިކަމަށް، ނުވަތަ ނާޅާކަމަށް ސަރުކާރުން ނުބުންޏެވެ.
ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރަން ދިން ބިން، އެކި ފަރާތްތަކަށް ދީގެން ލިބުނު ފައިސާއިން ބޮޑު ބައެއް ގެއްލިފައިވާކަން، އަދި އެ ފައިސާއާ ހަވާލުވީ ފަރާތްތަކުގެ ތެރޭގައި އެފްއޭއެމްގެ އޭރުގެ ސެކްރެޓަރީ ޖަވާޒު ހިމެނޭކަމަށް އޮޑިޓު އޮފީހުން ބުނީ، އެ ބިން ކުއްޔަށް ދޫކުރުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ހެދި ޚާއްސަ އޮޑިޓެއްގައެވެ.
://./218717