ހަކުރުގެ ސަބްސިޑީ ކަނޑާލުމާއި ޝީޝާ މަނާކުރުމުގެ ވިސްނުމެއް ނެތް، ބޭނުންވަނީ އާންމުން ހޭލުންތެރިކުރުވަން: ރައީސް
ސަން
8 މާރިޗު 2026 | އާދިއްތަ | 12:40
ހަކުރުން ދޭ ސަބްސިޑީ ކަނޑާލުމަށާއި، ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ޝީޝާ މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޝީޝާއާއި ހަކުރު އެކުލެވޭ ބުއިންތަކާ ގުޅޭ މަޝްވަރާތައް ސަރުކާރުން އެކި ފަންތީގައި ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
"އެއީ ވަރަށް މަލްޓިސެކްޓޯރަލްކޮށް ނަގަން ޖެހޭ ޑިޒިޝަންއެއް، މަލްޓިސެކްޓޯރަލް ލެވެލްގައި މަޝްވަރާކުރެވި، އެއަށް ފިޔަވަޅު އެޅޭނެ ދުވަހެއް އެއީ އަޅުގަނޑުމެން އިންތިޒާރު ކުރާ ދުވަހެއް ހެލްތު ސެކްޓާއިން، ނަމަވެސް މީގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ހޭލުންތެރިކަން،" ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވިއެވެ.