ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމީހުންގެ ވަނަވަރު އާއްމުކޮށްފި
ސަން
8 މާރިޗު 2026 | އާދިއްތަ | 9:51
ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާ ދެ މީހުންގެ ވަނަވަރު މިއަދު އާއްމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޖައިނަބު ވާޖިދު ޢަލީ، އިންޑިއާ (25އ) އަދި މުޙައްމަދު ނަވާޒް ދަޔަތަރު، އިންޑިއާ (21އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އިންޑިއާއިން ރާއްޖެ އައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.