އީރާން ހަނގުރާމަ: މި މަހުގެ ފުރަތަމަ ހަފުތާގައި ފަތުރުވެރިން އައި އަދަދު 23.4 ޕަސެންޓު ދަށަށް
ސަން
8 މާރިޗު 2026 | އާދިއްތަ | 1:14
އިސްރާއީލާއި އެމެރިކާއިން މިދިޔަ މަހުގެ 28ގައި އީރާނަށް ދިން ހަމަލާތަކާއި، އެ ގައުމުން ރައްދުގައި ދޭން ފެށި ހަމަލާތަކާ ގުޅިގެން، މި މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 23.4 ޕަސެންޓް ދަށްވެއްޖެއެވެ.
އިސްރާއީލާއި އެމެރިކާއިން ކުއްލި ގޮތަކަށް އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފައެވެ. އީރާނުން ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށިއެވެ.
އެ ހަމަލާތައް އަމާޒުވި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ގަތަރު، ކުވޭތު، ބަހްރެއިން އަދި ސައުދީ އަރަބިއާ ހިމެނެއެވެ. އޭގެ ސަބަބުން، އެ ގައުމުތަކަށް ވައިގެ ސަރަަހައްދު ބަންދުކުރަން ޖެހި، ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. އަދި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަގުތައް ވެސް އެއާއެކު ބަންދުވިއެވެ.