ފުރަތަމަ 15ގައި ފިތުރު ޒަކާތަށް 5.48 މިލިއަން، ފާއިތުވި ތިން އަހަރަށް ވުރެ އިތުރު

ސަން

8 މާރިޗު 2026 | އާދިއްތަ | 1:44

މި ރޯދަމަހުގެ ފުރަތަމަ 15 ދުވަސްތެރޭ، ފިތުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ފާއިތުވި ތިން އަހަރު ވެސް އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި ވަނީ ނިމިދިޔަ ފެބްރުވަރީ މަހުގެ 22 ވަނަ ދުވަހެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ރޯދަމަހުގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި ޒަކާތު ހައުސްއަށް ވަނީ 5.48 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ނިމިދިޔަ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވާ 4.46 މިލިއަން ރުފިޔާއާ އަޅައިބަލާއިރު، 1.02 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މައުޟޫޢުތަށް