ވަލަށް ގެންގޮސް އަންހެނަކާ ބެހުނު މައްސަލަ: ތުހުމަތު ކުރެވޭ މީހާ ދޫކޮށްލުމަށް ފަހު ހައްޔަރުކޮށްފި
ސަން
8 މާރިޗު 2026 | އާދިއްތަ | 1:28
ވަލަށް ގެންގޮސް ގަދަކަމުން އަންހެނަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކު، ހައިކޯޓުން މިނިވަންކޮށްފައި ވަނިކޮށް އަނެއްކާ ވެސް އޭނާ ހައްޔަރު ކޮށްފިއެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ، މާލޭން ދެކުނުގެ ރަށެއްގެ މީހަކު، ހަމަ އެ ރަށު އަންހެނަކު ގަދަކަމުން ސައިކަލަށް އަރުވައިގެން ވަލުތެރެއަށް ގެންގޮސް ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި ހާދިސާ ހިނގާފައިވަނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުއެވެ. ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.