ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ފާސްކޮށްފި

ސަން

8 މާރިޗު 2026 | އާދިއްތަ | 1:51

ބިދޭސީ މަސައްކަތްތެރިން ގެންނައިރު ދައްކަންޖެހޭ ކޯޓާ ފީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައްކަން ނުޖެހޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް ތަޅުމަށް ހުށަހެޅި އެ އިސްލާހަށް ކޮމިޓީ މަރުހަލާގައި އިތުރު ބަދަލެއް ގެނައުމަކާ ނުލައި މިއަދު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އެގޮތުން އެ ބިލު ފާސްކޮށްފައި ވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

މައުޟޫޢުތަށް