ދަރިންނަށް ދެ އަހަރު ވަންދެން މުވައްޒަފުންނަށް ހުސްވަގުތު ދޭ އިސްލާހު ފާސްކޮށްފި
ސަން
8 މާރިޗު 2026 | އާދިއްތަ | 1:54
ކުދިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ. މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ. އެހެންވެ، ކުދިން ކައިރިއަށް ދިޔުމަށް ލިބޭ ހުސްވަގުތު އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.
://../218764