ސަރުކާރުން 54 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެމްބަސީތަކުން އެ ޚަރަދާ ގާތަށްވެސް މަސައްކަތެއް ނުކުރޭ: ފިއްޓޭ
ސަން
8 މާރިޗު 2026 | އާދިއްތަ | 3:59
ސަރުކާރުން ކޮންމެ މަހަކު ހައިކޮމިޝަންތަކަށާއި އެމްބަސީތަކަށް 54 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެ ކުރާ ޚަރަދާ ގާތަށް ވެސް އެމްބަސީތަކުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެ، އެމްބަސީތަކުން ނެރޭ ނަތީޖާއާ މެދު އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ސުވާލު އުފައްދަވައިފިއެވެ.
މޯލްޓާއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް އާމިނަތު ޝަބީނާ ހަމަޖެއްސުމަށް މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި ފޮނުއްވި ރިޕޯޓަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީީ، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ޚަރަދު ކުޑަކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ އެމްބަސީތަކަށް ޚަރަދުކުރާ ކަމަށެވެ.
ގައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރަނީ ގާބިލު ބޭފުޅުން ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން ކުރާ ޚަރަދާ އެއްވަރުގެ ނަތީޖާއެއް އެމްބަސީތަކުން ނެރޭތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.