ދެ އިންތިޚާބު އެއްކުރަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަކީ މަލާމާތެއް: އީވާ
ސަން
8 މާރިޗު 2026 | އާދިއްތަ | 4:01
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އެއްދުވަހެއްގައި ބާއްވަން ދައުލަތުގެ ޚަރަދުކުޑަކުރަން ކަމަށް ޕީއެންސީގެ މި ސަރުކާރުން ބުނުމަކީ ބޮޑު މަލާމާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާޙު ރައީސް ތަސްދީޤު ކުރައްވާނީ، އެކަމަށް ނަގާ ފެންނަނުފެންނަ ވޯޓުގައި ރައްޔިތުން އެ ގޮތަށް ނިންމައިފިނަމައެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެ ވޯޓު ނަގާނެއެވެ.
ދެ އިންތިޚާބު އެއްކުރަން ޕީއެންސީންނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ދައްކަވާ ސަބަބަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމެވެ. އަދި އެންމެ ގިނައިން ވޯޓުލާން މީހުން ނިކުންނަ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާ، މަޖިލިސް އިންތިޚާބު އެއްކުރުމުން ގިނަ ބަޔަކު ވޯޓުލައި ޑިމޮކްރަސީ ހަރުދަނާވާނެ ކަމަށް ވެސް ރައީސް ވިދާޅުވެއެވެ.