"ރިފަރެންޑަމަށް ހޭލުންތެރިނުވޭ، މައުމޫންގެ ދިގު 30 އަހަރުގައި ވެސް ގާނޫނު އިސްލާހުކުރީ ބަހުސްކުރަން ފުރުސަތު ދީފައި"
ސަން
8 މާރިޗު 2026 | އާދިއްތަ | 4:49
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހު ތަސްދީގުކުރުމާމެދު ނަގާ ފެންނަނުފެންނަ ވޯޓު ބާއްވަނީ މި ކަމާމެދު އާންމުން ހޭލުންތެރިކުރުވަން އެއްވެސް ފުރުސަތެއް ނުދީކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ދީދީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފެންނަނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ގޮވައިލައި، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ފެންނަނުފެންނަ ވޯޓަކާ ހަމައަށް ދިޔައިރު، ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ދެ އިންތިޚާބު އެއްކުުރަން މުހިންމުވާ ސަބަބު ހާމަކޮށް ނުދެވޭ ކަމަށެވެ.
މީގެކުރިން ނިޒާމީ ވޯޓާ ގުޅޭ ރިފަރެންޑަމުގައި ވެސް ރައްޔިތުން ގާތަށް ސަރުކާރުންނާއި، ސިޔާސީ ފަރާތްތައް ވެސް ގޮސް ހޭލުންތެރިކުރުވުމަށް އެތައް މަސައްކަތެއް ކުރިކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ބަރުލަމާނީއާއ ރިޔާސީ ނިޒާމަކީ ކޮބައިކަމާއި ގޮތް ނިންމާނީ ކިހިނެއްކަމާ ގުޅޭ އެތައް މައުލޫމާތެއް ހިއްސާކުރިކަމަށް ވިދާޅުވިއެވެ.